އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫންމަހަށް ފަސްކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު ފަސްކޮށްފައިވާ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވަނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސީއެމްޑީއޭގެ ހުއްދަ ލިބިފައިވުމުން ޖަލްސާ ފަސްކުރި ނަމަވެސް ޖޫން 30 ވަނަ ދުވަހުގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާ އަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!