ފޮޓޯ: މިހާރު

ކޮވިޑް ބައްޔާ ހެދި މި ސަރުކާރުގެ ފުރަތަމަ ފްލެޓުތަކަށް ކުރިމަތިލާން ހުޅުވުން ފަސްކޮށްފި

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބައްޔާ ހެދި އެ މަަސައްކަތް އަނެއްކާވެސް ލަސްވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުން ޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް މިނިސްޓްރީން ހެދި “ހައުސިން ނީޑް އެސެސްމަންޓް” އިން ދައްކާ ކަމަށެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުން ކަމަށާއި ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެހެންވެ، އެ މީހުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ފްލެޓްތަކަށް ކުރިމަތިލާން މި މޭ މަހު ހުޅުވައިލާނެ ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި، ކުރިން ރޭވި ގޮތަށް އެ މަޝްރޫއަށް ކުރިމަތިލާން މި މަހު ހުޅުވައި ނުލެވުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!