އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީންތަކެއް މާދަމާ ފަށަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްއިން މި ފެށޭ ޖޫންމަހުގެ ތެރޭގައި ނައިޓް ފަޔަރިންގ ތަމްރީންތަކެއް ކުރިއަށްގެންދިއުމަަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއްޖެއެވެ.

މި ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހާއި، 2 ވަނަ ދުވާހައި 3 ވަނަ ދުވަހުގެ އިތުރުން ޖޫންމަހުގެ 5 ދުވަހުއެވެ. އަދި އެދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 5:00 ޖަހަންދެން މިތަމްރީންތައް ކުރިއަށްދާނީ ހުޅުމާލޭ އިރުމަތިން 7 ނޯޓިކަލް މޭލު ބޭރުގައެވެ.

މި ތަމްރީނަކީ ހަތިޔާރާއި، ޕައިކޯ ޓެކްނިކްސް ބޭނުންކޮށްގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނެކެވެ. އެގޮތުން މި ތަމްރީންތަކުގައި މެޝިން ގަން ބޭނުންކުރެވިގެންދާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މި ތަމްރީންގައި 5000 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް ބޭނުންކުރާނެއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނީ ހުޅުމާލޭގެ 7 މޭލު ބޭރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!