މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ. މިވަގުތުތަކުގައި މި ސަރަހައްދުތަކަށް ކަނޑުތައް ގަދަވެ، ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!