ޖާންވީ ކަޕޫރުގެ ކުރެހުމުގެ ހުނަރު ދައްކާލައިފި

ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު، އެކްޓިންގ ގެ އިތުރަށް އޭނާގެ ކިބައިގައި ހުރި އެހެން ހުނަރެއް ދައްކާލައިފިއެވެ.

24 އަހަރުގެ ބަތަލާ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ އޭނާ ފެންކުލައިން ކުރަހާފައިވާ ވަރަށް ހިތްގައިމު ކުރެހުންތަކެކެވެ. އަދި އެތަނުން އެއް ކުރެހުމުގެ ފަހުގެ މަސައްކަތް ނިންމައިލަން ޖާންވީ އިންތަން ވެސް ފެނިގެންދެއެވެ. ދެވަނަ ފޮޓޯގައި ފެންނަނީ އެ ހުރިހާ ކުރެހުމެއް އެއްކޮށް ބިންމަތީގައި އަތުރާލާފައިވާ ތަނެވެ.

“މިވަރުން އަހަންނަކީ ޕެއިންޓާ އެކޭ ބުނެވޭނެތަ؟” ކެޕްޝަންގައި ޖާންވީ ސުވާލުކޮށްފައިވެއެވެ.

ޖާންވީގެ މި ކުލަގަދަ ކުރެހުންތައް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. އެގޮތުން އެ ޕޯސްޓަށް މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ލައިކު ވަނީ ލިބިފައެވެ. އަދި ޖާންވީގެ ކުރެހުމުގެ ހުނަަރަށް އެތައް ބަޔަކު ވަނީ ތަޢުރީފުކޮށް ކޮމެންޓުކޮށްފައެވެ.

ޖާންވީ ކަޕޫރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި”ރޫހީ” އަދި “ދޯސްތާނާ 2” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!