ސަލްމާން ޚާންގެ ދަބަންގް ފިލްމު، ކާޓޫނެއްގެ ގޮތުގައި

ސަލްމާން ޚާންގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ދަބަންގް” ގެ އެނިމޭޓެޑް ސީރީޒެއް ހަދަން ނިންމައިފިއެވެ.

އެ ޚަބަރު ޓްވިޓާގައި މިއަދު ހިއްސާކުރަމުން ސަލްމާން ބުނީ، ‘ދަބަންގް- ދި އެނިމޭޓެޑް ސީރީޒް’ 31 މާޗުން ފެށިގެން ކޮންމެދުވަހަކު މެންދުރު 12 ޖަހާއިރު ކާޓޫން ނެޓްވޯކުން ދައްކާނެ ކަމަށެވެ. މިއީ ކުޑަކުދިންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެއް ކަމަށް ބެލެވެއެވެ. މިއާއެކު ސަލްމާން ވަނީ “ދަބަންގް އެނިމޭޓެޑް ސީރީޒް” ގެ ޓްރެއިލާއެއް ހިއްސާކޮށްފައެވެ. އެއާއެކު އޭނާގެ ފޭނުން ދަނީ ޓްވިޓާގައި އުފާފާޅުކުރަމުންނެވެ.

“ދަބަންގް” އަކީ 2010 ގައި ނުކުތް ފިލްމެކެވެ. އޭގައި ކިޔައިދެނީ ވަރަށް ވަރުގަދަ ފުލުސް އޮފިސަރެއް، ކޮރަޕްޝަން އާ ދެކޮޅަށް ކުރާ މަސައްކަތްތަކެވެ. ފުރަތަމަ ފިލްމުގެ ކާމިޔާބީއާއެކު، “ދަބަންގް” ފްރެންޗައިޒް ގެ އިތުރު ދެ ފިލްމެއް ސަލްމާން ވަނީ ކުޅެފައެވެ. އޭގެތެރެއިން “ދަބަންގް 3” ނުކުތީ 2019 ގައެވެ.

ސަލްމާން ޚާން އެންމެފަހުން ފެނިގެން ގޮސްފައިވަނީ “ރާދޭ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!