ކުރު އިސްތަށިގަނޑު ބޮޑަށް ގުޅެނީ ޝިފާ އާތަ؟ ނޫނީ އާޝާއާތަ؟

ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ އޭނާގެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށައިލިތާ މާ ގިނަ ދުވަހެއް ނުވަނީސް، ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ވެސް ބޯ ކޮށާލައިފިއެވެ.

ޝިފާ އޭނާގެ އިސްތަށިގަނޑު ކޮނޑަށްވުރެ މައްޗަށް ކޮށާލާފައިވަނީ މިދިޔަ ހަފްތާގައެވެ. އޭގެފަހުން އޭނާ އަންނަނީ ޓްވިޓާއާއި އިންސްޓަގްރާމްގައި އޭނާގެ ‘ނިއު ލުކް’ އިޝްތިހާރުކުރަމުންނެވެ.

އޭގެފަހުން “ގޮށްރާޅު” ފިލްމުން ތަޢާރަފްވި އާޝާ އޭނާގެ އިސްތަށިގަނޑު ކޮށާލާފައި ވަނީ މިއަދެވެ. އަދި އޭނާ ވަނީ އިންސްޓަގްރާމްގައި ފޮޓޯ ހިއްސާކޮށްފައެވެ. އާޝާގެ އިސްތަށިގަނޑު ސްޓައިލް ކޮށްދިނީ މަޝްހޫރު ހެއާ/މޭކަޕް ސްޓައިލިސްޓު މައިކް އެވެ. އާޝާ ވަނީ އޭނާގެ އާ އިސްތަށިގަނޑު ވަރަށް ކަމުގޮސްފި ކަމަށް ބުނެފައެވެ.

އާޝާ އަކީ އަބަދުވެސް އިސްތަށިގަނޑު ކުރުކޮށް ބޭއްވުމަށް ލޯބިކުރާ ތަރިއެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިފަހުން ކޮނޑަށްވުރެ ތިރިއަށް އިސްތަށިގަނޑު ދިގުކޮށް ބޭއްވުމަށްފަހު އަނެއްކާވެސް މިވަނީ ކުރިން ހުންނަ ގޮތަށް ކޮށާލައިފައެވެ.

އަލަށް ނުކުމެގެން އުޅޭ ދެތަރިން ކަމަށްވާ ޝިފާ އާއި އާޝާގެ މެދުގައި އަރައިރުންވުމެއް ވެސް މިފަހުން ވަނީ ހިނގައިފައެވެ. އެއީ ރޯދަމަހު ރާއްޖެޓީވީ އިން ގެނެސްދިން “ސެލެބްރިޓީ ރޭސް” ގެ ތެރެއިން ހިނގި ދެބަސްވުމެކެވެ. އެހެންނަމަވެސް، އެދެމީހުންނަކީ ގާތް އެކުވެރިން ކަމަށް ޝިފާ ވަނީ ފަހުން ޓޯކް ޝޯއެއްގައި ބުނެފައެވެ.

ކޮންމެއަކަސް، ކިޔުންތެރިންނަށް މި ސްޓައިލްގެ އިސްތަށިގަނޑު އެންމެ ގުޅެނީ ޝިފާއާ ހެއްޔެވެ؟ ނުވަތަ އާޝާއާ ހެއްޔެވެ؟

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!