ކޮވިޑް ދިފާއު: 161181 މީހަކު ވެކްސިން ފުރިހަމަ ކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 165،181 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދޭން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އިއްޔެ 1،168 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 858 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 310 މީހެކެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އިއްޔެ ވަނީ 422 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 309،444 މީހަކަށް ވެކްސިން ދީފައިވެެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!