ހައިރިސްކް 17 ގައިދީއަކު ގެއަށް ބަދަލުކޮށްފި

ޖަލުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ، ރިސްކް އެސެސްމަންޓަށް ފަހު 17 ގައިދީއަކު ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރިީން އަހުމަދު މިއަދު ވިދާޅުވީ، މެޑިކަލް ޓީމުން އެސެސްމެންޓް ހެދުމަށް ފަހު، ހައި ރިސްކް 40 ގައިދީއަކު ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ގެއަށް ބަދަލުކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް ގައިދީންނެވެ.

ޔުސްރީން ވިދާޅުވީ 23 ގައިދީއަކު ގެއަށް ބަދަލު ނުކުރެވި އޮތީ އާއިލާގެ ފަރާތުން އެ މީހުންނާ ހަވާލުނުވުމާއި ހަވާލުވާނެ ފަރާތްތަކާ ނުގުޅުން ފަދަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

“ގޭގައި ބަހައްޓާނެ ތަނެއް ނެތުމާއި ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތުން ހަވާލުނުވުން ފަދަ ކަންތައްތަކާ ހެދި އަދި ބަދަލު ނުކުރެވި މިވަނީ،” އޭނާ ވިދާޅުވި އެވެ.

މި ވަގުތު ގެއަށް ބަދަލު ނުކުރެވި ތިބި ހައިރިސްކް ގައިދީން އެ މީހުން ހަވާލުވާނެ އާއިލާ ނުވަތަ ތަނެއް ހަަމަޖެހެންދެން ބައިތިއްބާނީ ޖަލުތަކުގަ އެވެ.

ޖަލުތަކުގައި ކޮވިޑު-19 ފެތުރެމުންދާތީ ކަރެކްޝަންސް އިން ވަނީ ހައި ރިސްކް ގައިދީން ގެއަށް ބަދަލު ކުރާނެކަން މީގެ ކުރިން ވެސް ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!