އަންހެން ކުއްޖެއް ބުލެކްމެއިލް ކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް

17 އަހަރުގެ އަންހެން ކުއްޖެއް ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މީހެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކާ ބްލެކްމެއިލް ކުރާ މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް ފޮރެންސިކް ހެއްކާއި ގަރީނާވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދައުވާ ކޮށްދިނުމަށްޓަކައި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!