ރ. އަތޮޅުން ފެށިގެން އައްޑުސިޓީއަށް ވައިޓް އެލާޓް ނެރެފި

ވައިގަދަވެ ކަނޑުގަދަވާނެތީ ރ. އަތޮޅުން ފެށިގެން އައްޑުސިޓީއާ ދެމެދުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނީ މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ކަނޑުތައް ގަދަވެ އުދައެރުން އެކަށީގެންވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!