އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ހުށަހެޅުން އޮންލައިންކޮށް

ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ކޮށް އެކަނި ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން އެދިފައިވަނީ، ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ލިންކްގައިވާ ފޯމް ފުރުމަށްފަހު، އޮންލައިންކޮށް ވަޒީފާއަށް އެދި ހުށަހެޅުމަށެވެ.

އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެއްސީ ކުންފުނީގެ އޮންލައިން ހިދުމަތްތަކާއި ޑިޖިޓަލައިޒޭޝަން ޕްރޮސެސް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ތިމާވެެއްޓާ ރައްޓެހިގޮތަކަށް، ރައްޔިތުންނާ ވީހާވެސް ގާތުން ލުއިފަސޭހަކޮށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް އޮންލައިން އެޕްލިކޭޝަން ހުށަހަޅާގޮތަށް ނިންމި ސަބަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅޭގޮތަށް ހަމަޖެއްސުމާއެކު، ވަޒީފާ އަށް އެދި ހުށަހެޅުމާއި، މީހުން ހޮވުމުގެ މަރުހަލާތަކުގައިވެސް ކަރުދާސް ބޭނުންކުރާ މިންވަރު މަދުވެ ތިމާވެއްޓަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކޮވިދް19ގެ މި ހާލަތުގައި އެ ކުންފުނީގެ އެހެން ހިދުމަތްތައް ހޯދުމަށްވެސް އޮންލައން ޕްލެޓްފޯމުތަކުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!