އަޝްފާގު ކޮވިޑަށް ޕޮޒިޓިވްވެ ޓީމާ ވަކިވެއްޖެ

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އަޝްފާގް ބުނެފައިވަނީ، އޭނާ އިއްޔަ ދުބާއީގައި ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި، މިފަހަރުގެ ވޯލްޑްކަޕް އެންޑް އޭސިއަން ކޮލިފަޔާސް މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށާއި ގައުމީ ޓީމަށް ކާމިޔާބީ އެދޭކަމަށްވެސް ދަގަނޑޭގެ އެ ޕޯސްޓްގައި ބުނެފައިވެއެވެ.

ގައުމީ ޓީމުން މި ވަގުތު އަންނަނީ ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ދުބާއީ އަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ ހަފްތާއެއްހާ ދުވަހު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. އެކަމަކު މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުދޭތީ ގައުމީ ޓީމުގެ އެކި ޓްރެއިނިންތައް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!