ކޮވިޑް ބަލީގައި އޭދަފުށިން މީހަކު މަރުވެއްޖެ

ބ. އޭދަފުށިން މިއަދު މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ މަރު ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހާ މަރުވުމާ ގުޅިގެން ހެދި ސާމްޕަލް ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެއީ އުމުރުން 77 އަހަރުގެ މީހެކެވެ. މިއާއެކު ބ އަތޮޅުން ކޮވިޑް-19 ޖެހި މީހުންގެ އަދަދު ވަނީ 3ށް އަރައިފައެވެ. އަދި އެ ބަލީގައި ރާއްޖެއިން ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 158 އަށް އަރައިފައެވެ.

ބ.އަތޮޅުން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މަރުވި މީހަކީ އެއަތޮޅު ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓައި ހާޓްއެޓޭކެއް ޖެހިގެން މަރުވި މީހެކެވެ. ދެވަނަ މީހާ މަރުވީ މިމަހުގެ 10 ވަނަ ދުވަހު އޭދަފުށިންނެވެ. މި ދެމީހުން ވެސް މަރުވުމުން ހެދި ޓެސްޓްތަކުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!