އެސްޕީޖީގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި

އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ  ކޮމާންޑަރުން ބަދަލުކޮށްފިއެވެ.

އެސްޕީޖީ އަކީ ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.

މުއިއްޒަކީ މީގެ ކުރިން ސިފައިންގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި 2013 ވަނަ ވަޒީފާއިން ވަކިކުރި ބޭފުޅެކެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމާއެކު އޭނާއަށް އަލުން ވަނީ ސިފައިންގޭގެ ވަޒީފާ ދީފައެވެ.

އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި، ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލް ވެސް ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައި ސަބަބު ހާމަކޮށްފައި ނުވިޔަސް، އެނގިފައިވާ ގޮތުގައި ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު އެމްއެންޑީއެފްގެ ބައެއް ކަންކަމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިއީ، އޭގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ވެއެވެ.

ރައީސް ނަޝީދަށް އަމާޒުވި ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނުވިލާތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!