އުދައިގެ ސަބަބުން ހަތަރު ރަށަކަށް ގެއްލުންވި: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހަތަރު ރަށަކަށް އުދަ އަރައި ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްްފިއެވެ.

އުދަ އެރުމުގެ ސަބަބުން ގެެއްލުން ލިބިފައި ވަނީ، ރ. މަޑުއްްވަރީއަށާއި ކ. ތުލުސްްދޫ އާއި، ކ. ދިއްފުށި އަދި މ. މަޑުއްވަރީއަށެވެ.

އެގޮތުން ތުލުސްދޫއަށް އުދަ އެރުމުގެ ސަބަބުން މީހުން ދިރިއުޅެމުން އަންނަ ފަސް ގެެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އުދަ އެރުމުގެ ސަބަބުން ވެލި ބަސްތާ ޖަހައިގެން ލޮނުގެެ އަސަރުކުރުކުރުން ވަނީ ކުޑަކޮށްފައެވެ. ދިއްފުއްޓަށް އުދަ އެރުމުގެ ސަބަބުން މީހުން ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެެވެ. ދިއްފުށީ ސްްކޫލަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. މިކަމުން ރައްކާތެރިވުމަށް އެރަށުގައިވެސް ވަނީ އާންމުންނާއި ކަމާބެހޭ އިދާރާތަކުން ނުކުމެ ވެެލިބަސްތާ ޖަހައިފައެވެ.

މީގެ އިތުރުން މ. މަޑުއްވަރީއާއި ރ.މަޑުއްވަރީއަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެެ. މ.މަޑުއްވަރީގައި ވަނީ ފެންޕަންްޕު ބޭނުންކޮށްގެން ރަށުގެ ތެރެއަށް އަރާ ލޮނު ހިއްކުމުގެެ މަސައްކަތްް ކޮށްފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!