ޖަލުތަކުގައި ތިބި 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 100އަށްވުރެ ގިނަ ގައިދީންނާއި، ބަންދު މީހުން ތިބިކަން ހާމަކޮށްފިއެވެ.

ޖަލުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ ގައިދީންނާއި ބަންދު މީހުންގެ ތަފްސީލުތައް މިއަދު ހާމަކުރަމުން ކަރެކްޝަންސް އިން ބުނީ ހުޅުމާލެ ޑ.ސީގައި ބަންދުކޮށްފައި ތިބި ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށާއި، އަދި މާލެ ޖަލުގައި 12 ގައިދީން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ޖަލުގައި ކަރަންޓީންގައި 66 މީހަކު އެބަތިބި ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި އެންމެ ގިނަ ގައިދީން ތިބީ އައްސޭރި ޖަލުގައެވެ. އެގޮތުން އައްސޭރި ޖަލުގައި ޕޮޒިޓިވްވެފައިވާ 94 ގައިދީއަކު ތިބިކަން ކަރެކްޝަންސް އިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން މިހާރު ޖަލުތަކުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 108 ގައިދީންނާއި ބަންދުގެ މީހުން އެބަތިއްބެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ބަލި ޖެހިފައި 24،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!