ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން 1000 އަށްވުރެ ގިނަ މީހުން

ކޮވިޑުގެ ކަންކަމުގައި އެހީވުމަށް ވޮލަންޓިއާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލި ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފިއެވެ.

ކޮވިޑް-19 އާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނާއި، ވޮލަންޓިއަރުން ވަރުބަލިވެފައިވާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރާނެ އިތުރު ބަޔަކު ހޯދުމަށް އެޗްޕީއޭއިން އަނެއްކާވެސް ވަނީ ހުޅުވާލާފައެވެ.

އެޗްޕީއޭއިން ބުނީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން މީހުން ނެގުމަށް ހުޅުވާލުމާއެކު، ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެތައް ސަތޭކަ ބަޔަކު ހުށަހަޅާފައިވާ ކަމަށެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން އެދި 1000 އަށް ވުރެ ގިނަ ފޯމު އެޗްޕީއޭއަށް ހުށަހަޅާފައިވާކަމަށާއި، މި ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހަމަ އެއާއެކު، ވޮލަންޓިއަރުންގެ ގޮތުގައި ޚިދުމަތް ކުރުމަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތު ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!