ހއ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމަޔަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ(މެޓް އޮފިސް) އިން ބުނީ މިއަދުގެ ހެނދުނު 8 އަކުން ފެށިގެން މެންދުރު 2 އަކާއި ހަމައަށް މިއަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.

މީގެއިތުރުން ކަނޑުތައް ގަދަވެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!