މި އަހަރުގެ ހަރަދު ކުޑަކޮށް އެއް ބިލިއަން ސަލާމަތް ކުރާނަން: މިނިސްޓަރ

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދަށް އަސަރު ކޮށްފައިވާތީ، މި އަހަރުގެ ހަރަދުތައް ކުޑަކޮށް 700 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ސަލާމަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ހަރަދު ކުޑަ ކުރަން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާ އެގޮތުން އަމާޒަކޫ އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރުން ކަމަށެވެ.

“ހަރަދު ކުޑަ ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިގެ ސަބަބުން ސިއްހީ ކަންކަމަށް އިތުރު ހޭދަ ކުރަން ޖެހުމާއި އިތުރު ހަރަދު ކުރަން ޖެހުމުން އެކަމަށް ޖާގަ ހޯދައި ކޭޝް ފްލޯ ބެލެހެއްޓުން. އެކަން މި އަހަރު ވެސް ކުރިއަށް ގެންދާނެ،” އަމީރު ވިދާޅުވި އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، އިޤްތިސާދީ ދުވެލި ކުރިއަރާ މިންވަރަށް ބަލާލާއިރު މިދިޔަ އަހަރު އިޤްތިސާދު ދަށަށް ދިޔަކަމަށް ލަފާކުރެވެނީ %29.3 އާއި %27.5 ދެމެދުގެ އަދަދަކަށްކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!