ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 901 މީހުން

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 901 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 468 މީހުންނާއި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 417 މީހުންނާއި، ރިސޯޓްތަކުން 11 މީހުން، ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 4 މީހުން އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 61،844 އަށް އަރަައިފައެވެ.

މިއަދު 901 މީހުން ޕޮޒިޓިވްވެފައި ވަނީ 4821 މީހުންގެ ސާމްޕަލް ޓެސްޓުކޮށްގެނެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރު ވަނީ 24،818އަށް އަރައިފައެވެ. އޭގެތެރެއިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 252 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،497 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. 

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 155 މީހުންވަނީ މަރުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!