ސަނީ ލިއޯނީ ދިރިއުޅޭ އިމާރާތުން އަމީތާބް ފްލެޓެއް ގަނެފި

ބޮލީވުޑްގެ ދުވަސްވީ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަން ދިރިއުޅުމަށް މުމްބާއީ އިން އިތުރު ތަނެއް ގަނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މިހާރުވެސް ޖޫހޫގައި ދެ ބަންގްލޯ ހުންނަ އަމީތާބް މިފަހަރު އަމިއްލަ ނަންމައްޗަށް މިލްކު ކޮށްފައިވަނީ އިމާރާތަކުން ފްލްޓެކެވެ. އެ އިމާރާތުން ދާދިފަހުން ބަތަލާ ސަނީ ލިއޯނީ ވެސް ވަނީ ފްލެޓެއް ގަނެފައެވެ.

އަމީތާބު އެ ފްލެޓް ގަނެފައިވަނީ މިދިޔަ ޑިސެމްބަރުގައި ކަމަށާއި، އެކަމަކު އެތަން ރެޖިސްޓްރީ ކޮށްފައިވަނީ މިިދޔަ މަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އެތަން ގަތީ 31 ކްރޯޑު ރުޕީސް (4.2 މިލިއަން ޑޮލަރު) އަށް ކަމަށް ބުނެއެވެ.

އަމީތާބުގެ ބަންގްލޯ ‘ޕްރަތީކްޝާ’ އަކީ ގިނަ ޓޫރިސްޓުން ދެކިލަން ދާ މަންޒިލަކަށް ވެސް ވަނީ ވެފައެވެ. ނަމަވެސް އޭނާ އާ ފްލެޓެއް މި ގަތީ އާއިލާއާއެކު އެތަނަށް ބަދަލުވާންކަމެއް އަދި ނޭނގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!