މިސްކިތަށް އަރައިގެން ފުލުހުން އެއްވެސް މީހަކު ޖޫރިމަނާއެއް ނުކުރޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރުން މަނާކޮށްފައި އޮއްވައި، މިސްކިތަށް އެރައިގެން މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގުމަށްފަހު، މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުއަޅުވާފައިވާއިރު، މިހާރު މިސްކިތްތަކަށް އަރާފަރާތްތައް ޖޫރިމަނާ ކުރަން ފަށާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އ ބޭރުގައި އުޅުމުގެ ފާސް ލިބިގެން މިސްކިތައް އެރުމުން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް މީސްމީޑިއާގައި މީހަކު ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ފުލުހުންނަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

އެހެންނަމަވެސް ފުލުހުން ވަނީ،  މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ސަރުކާރުން މުއްދަތެއް ނެތް ގޮތަށް އެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމާފައިވަނީ ވއިއްޔެގެ ވަގުތެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!