ކޮވިޑް-19 މަރު: މިއަދުގެ ހަތަރުވަނަ މަރާއެކު އަދަދު 155 އަށް

ރާއްޖެއިން މިއަދު ހަތަރުވަނަ މީހަކު ކޮވިޑް-19 ބަލީގައި މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ. އެ މީހާ މަރުވީ މިއަދު މެންދުރު ފަހު 2:14 ގައެވެ.

މިއަދުގެ ހަތަރުވަނަ މަރާއެކު، މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 82 އަށް އަރައިފައެވެ. އަދި ޖުމްލަ އަދަދު މިވަނީ 155 އަށް އަރައިފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް މިހާރު 1،000 އިން މަތީގައި އުޅޭއިރު، މި ވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 25،000 އިން މައްޗަށް ގޮސްފައެވެ. ހަމައެހެންމެ، ބަލީގައި ކޮންމެދުަވަހަކު މީހުން އަންނަނީ މަރުވަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!