މުސީބާތްތަކަށް ކެތްތެރިވެ ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށްދެއްވާނެ: ހުކުރު ޚުތުބާ

މުސީބާތްތަކަށް ކެތްތެރިވެ ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށްދެއްވާނެ ކަމަށް ހުކުރު ޚުތުބާ ބުނެފިއެވެ.

“ހައްގު ގޮތުގައި މާތްﷲ އަށް ވަކީލުކުރުން” މި މައުޟޫގެ މައްޗަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ވަނީ މި މުސީބާތުގެ ވަގުތުގައި ކެތްތެރިވުމަށް ގޮވާލާފައެވެ. ﷲ ގެ ތަނަވަސް ރަހުމަތުން އުންމީދު ކަނޑާނުލުމަށާއި މާޔޫސްނުވުމަށް ގޮވާލާފައެވެ. ދުޢާ އަކީ މުއުމިނުންގެ ހަތިޔާރުކަން ފާހަގަކޮށް ޚުތުބާ ބުނީ ބަލިމަޑުކަމުގެ މިވަގުތުގައި އަޅުތަކުންނަށް އޯގާތެރިވެ، ރަހުމުން ކުރުމަށެވެ. އަޅުތަކުންނަށް ރަހުމު ކުރާ މީހުންނަށް ﷲ ގެ ތަނަވަސް ރަހުމަތްފުޅު ދުނިޔެ އާއި އާޚިރަތުގައި ލިބޭނެ ކަމަށް އެކަލާނގެ އަންގަވާފައިވެއެވެ.

ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތައްވާ ކަމަށާއި އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ މަދަދުގާރަކީ މާތް ﷲ އެވެ. އެހެންކަމުން އޭނާއާ މެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށް ޚުތުބާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!