މިއަދު އިތުރު ދެ މަރު

ކޯވިޑް ބަލީގައި އިތުރު 2 ދިވެހިން މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ފަތިހު 5:55ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި ރޭ 2:15 ހާއިރު ނިޔާވެފައިވަނީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު މިމަހު އެކަނިވެސް މިބަލީގައި ނިޔާވި މީހުންގެ ޢަދަދުމިވަނީ 81 އަށް އަރާފައެވެ.

ކޯވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެވެސް ރާއްޖެއިން ތިން މީހަކު ނިޔާވެފައިވެއެވެ.

މިހާތަނަށް އެންމެ ގިނަބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 153 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 116 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. މިއަހަރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 46،000 އަށްވުރެމަތީގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!