އަގާޚާން ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް

އިނގިރޭސިވިލާތުގައި ހުންނަ އަގާޚާން ޔުނިވަރސިޓީން ރާއްޖެއަށް ސްކޮލަރޝިޕް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި އަގާޚާން ޔުނިވަރސިޓީއާއެކު އެމް.އޯ.ޔޫގައި ސޮއިކޮށްފިއެވެ.

މިއެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ޑރ.އިބްރާހިމް ޙަސަން އާއި އަގާޚާން ޔުނިވަރސިޓީގެ ޕްރޯވޯސްޓް އަދި ވައިސް ޕްރެޒިޑެންޓް، އެކަޑަމިކް، ޑރ. ކާލް އަމްރީންއެވެ.

އަގާޚާންއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ 5 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިސްކޮލަރޝިޕް އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގައި ހުންނަ އަގާޚާން ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ލިބިގެންދާކަމީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އަގާޚާން ޔުނިވަރސިޓީގެ ފަރާތުން މިލިބުނު ސްކޮލަރޝިޕްތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް އިސްލާމީ ހަޟާރަތާއި، މުސްލިމް ކަލްޗަރ އާއި އިސްލާމް ދީނާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުންވެސް ރިސާޗްގެ ފުރުސަތުތަކާއި ކުރު ކޯސްތައް ހެދުމަށް މަގުފަހިވެގެންދާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!