ރާއްޖެއިން އިތުރު 1299 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 1299 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 5167 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 1299 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 799 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 13 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 487 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް:

  • މިއަދު ޕޮޒިޓިވްވި އަދަދު: 1299
  • ކޮވިޑް އެކްޓިވް ކޭސް: 25،419
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 270
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 151
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 60،943
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 25،419

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!