ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓުން) އެދިއްޖެ އެވެ.

މެޓުން ބުނެފައި ވަނީ ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރި ވިއްސާރަ ކަމަށެވެ. އަދި އެ ދުވަސް ތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވުމާއެކު ކަނޑުތައް ވަރަށްގަދެވެ ވިއްސާރަކޮށްފައިވާ ކަމަށް ވެސް މެޓުން ބުނެ އެވެ. 

އަދި އެ ސަރަހައްދުގެ ކަނޑުގެ ބާނި ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަން ވެސް މެޓުން ފާހަގަކުރެ އެވެ.

މެޓުން ބުނެފައި ވަނީ އުތުރާއި މެދު ރާއްޖެތެރޭގައި ގަޑިއަކު 17 -27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުނުއިރު، ވައި އެންމެ ގަދަވިކަމަށް ރެކޯޑުކުރެވުނީ ގަޑިއަކު 36 މޭލު ބާރުމިނަށް ބ.ދަރަވަންދޫ އަށް ކަމަށެވެ. އަދި އެންމެ ގިނައިން ވާރޭ ކޯޑްކުރެވުނީ 54 މިމީޓަރުގެ ވާރޭ، ހުޅުލެ އަށް ކަމަށް ކަމަށް ވެސް މެޓުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!