ދުވާފަރު ބިން ހިއްކުމުމުގެ މަސައްކަތުގެ ތެރެއިން 60 އިންސައްތަ މަަސައްކަތް ނިމިއްޖެ

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ %60 ނިމިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގައި 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެ ކަމަށެވެ. އަދި މި މަޝްރޫޢު ނިމޭއިރު ދުވާފަރުގެ 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލާނެ ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުނެއެެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!