ރޭގެ އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުފެނޭ

ރޭ ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މިހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ގަލޮޅު ސަހަރާ ކައިރީ، ހުވަފެނީ މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފަހަތުގައި އިން މީހާ ވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރޭގެ އެކްސިޑެންޓުގައި އެ ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!