ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާމިގިއްުޔަށް އެތެރެކުރަން އުޅުނު ބިޔަރު ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ސަފާރީއަކުން  ބިޔަރު ދަޅުތަކެއް ހިފައިގެން ޑިންގީއެއްގައި މާމިގިއްޔަށް ދާކަމަށްލިބުނު މައުލޫމާތަކާ ގުޅިިގެން ހިންގި އޮޕަރޭޝަނުގައި އެ ޑިންގި ބަލައިފާސްކޮށް މި މެއި މަހުގެ 25 ވަނަ ދުވަހުގެ 13:57 ހާއިރުއެވެ.  މި އޮޕަރޭޝަނުގައި އެ ޑިންގި ބަލައިފާސްކުރަމުން ދަނިކޮށް އޭގައިހުރި ގޯންޏެއް މޫދަށް އެއްލައިލުމުން އެގޯނި ނަގައި ބެލިއިރު އޭގެ ތެރެއިން ބިޔަރު ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ދަޅު ފެނިފައިވެެއެވެ.

މި މައްސަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް  މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮޕް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!