1 ޖުލައިއިން ފެށިގެން އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް

ތްރޮޓްލް ސްޕީޑު އިތުރުކޮށް އިންޓަނެޓުގެ އަގަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވައި، އެކަން މިއަދު އިއުލާންކުރައްވައިފިއެވެ.

ސަރުކާރުން އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތައް މިއަދު އިއުލާންކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

 ރެޒިޑެންޝަން އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވާ ގޮތަކީ:

  • ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
  • 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
  • 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް

މި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާ 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިއާއެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށްވެސް ބުންޏެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާ 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!