މިހާތަނަށް 26350 ޕޮލިސް ޕަރމިޓް ޢާއްމުނަށް ދޫކޮށްފި

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޒަރޫރީ ބޭނުންތަކަށްޓަކައި ބޭރަށް ނުކުންނަން އެދި ފުރަތަމަ ދުވަހުވެސް ސައްބީސް ހާހަށްވުރެ ގިނަ މީހުން އެދިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފާސްތަކަށް ހުށަހަޅަން ހުޅުވާލި އިރުން ފެށިގެން ވަރަށް ގިނަ ރިކުއެސްޓްތައް ލިބިފައިވާ ކަމަށެވެ. އޭގެ ސަބަބުން ސިސްޓަމަށް ވެސް ކޮންމެވެސް ވަރަކަށް ލޯޑު ބޮޑުވެ ބުރޫ އަރާފައިވާ ކަމަށެވެ. އެކަމަކު ގިނަ ފާސްތައް މިހާރު ވެސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ 8:00އާ ހަމައަށް 26،300 ފާސް ދޫކޮށްފައިވާ ކަމަށާއި މިހާރު ޕެންޑިންގައި ހުރީ 6،939 ފާސް ކަމަށް ވިދާޅުވިއެވެ.

ޢާއްމު ބޭނުންތަކަށް ބޭރަށް ދިޔުން ފިޔަވައި އޮފީސްތަކަށްދިޔުމަށާއި ވިޔަފާރިތަކަށް ހުއްދައަށް އެދި ހުށައަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޝަނާޒް މުޙައްމަދު ވިދާޅުވީ މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް 2،300އަށްވުރެ ގިނަ ހުއްދަ ވިޔަފާރިތަކަށާއި އޮފީސްތަކަށް ދޫކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ 6،000އާ ގާތްކުރާ ޢަދަދެއްގެ ހުރިހާ ރިކުއެސްޓްތަކެއް މާދަމާ ހެނދުނާހަމައަށް މުޅިން ނިންމާލެވޭނެކަމަށް ޝަނާޒް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!