މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

މާލޭގައި ލަކުޑިން ޑެކު އަޅައިގެން ހަދާފައިވާ ގެއެއްގައި މިއަދު ހެނދުނު ރޯވެ ބޮޑަށް އަނދައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހެންވޭރު ސަހަރާ ކައިރީގައި ހުންނަ މޯނިންވިއު ގޭގެ ތިންވަނަ ފްލޯ ގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ރޭ 5 ޖެހި އިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާއެންޑު ރެސްކިއު ޓީމުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ފްލޯ ގައި ބަޔަކު ތިބި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި އަލިފާން ރޯވުމާއި ގުޅިގެން މީހުން ބޭރު ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

 އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!