ކަރީނާއަށް އެންމެ މީރު ކެއުން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. އޭނާ އަންނަނީ ދިރިއުޅުމާ ބެހޭ އެކިއެކި ކަންތައްތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ. އޭގެތެރެއިން މިފަހަރު ވަނީ އޭނާއަށް އެންމެ މީރު ކެއުމަކީ ކޮބައިކަން ހާމަކޮށްފައެވެ.

މީގެ ދުވަސްކޮޅެއްކުރިން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއަކާއެކު ކަރީނާ ބުނީ އެއީ އޭނާއަށް އެންމެ މީރު ކެއުން ކަމަށެވެ. އެއީ ކެރާލާއަށް ނިސްބަތްވާ ކެއުމުކެވެ. ދޮންކެޔޮ ފަތެއްގެ މަތީގައި ހުރި އެ ކާއެއްޗިއްސަކީ ރަތްހަނޑުލު ބަތާއި ‘ސަމްބަރް’ ނަމަކަށް ކިޔާ ތަރުކާރީ ރިހައެކެވެ. އޭގެ އިތުރުން ‘އަވިއަލް’ ނަމަކަށް ކިޔާ ކާނާއެއް ވެސް ހުއްޓެވެ.

ކަރީނާ ކަޕޫރަކީ އަބަދުވެސް ކެއުމަށް ފޯރި ހުންނަ ތަރިއެކެވެ. އެގޮތުން ކެއުމަށް އޮންނަ ލޯބި ގިނަ އިންޓަވިއުތަކެއްގައި ވަނީ ފާޅުކޮށްފައެވެ. މީގެ އިތުރުން ދާދިފަހުން އޮތް ކައްކާ ޝޯއެއްގައި ބައިވެރިވެ ކަރީނާ ވަނީ ގޯމޭ ޕިއްޒާއެއް ތައްޔާރުކޮށް ފޭނުން ހައިރާންކޮށްލައިފައެވެ. އޭނާ ބުނީ ދެވަނަ ދަރިފުޅަށް ބަލިވެ އިންއިރު އެންމެ ގަދަޔަށް ކާހިތްވީ ޕއްޒާއާއި ޕާސްތާ ފަދަ އިޓާލިއަން ކާނާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!