ރާދޭ އަށް ފާޑުކިއީ މީހެއް ގޮވައިގެން ސަލްމާން ކޯޓަށް

ސަލްމާން ޚާންގެ އެންމެފަހުގެ ފިލްމު “ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއި” އަށް ފާޑުކިޔުމުން ކަމާލް އާރް ޚާނާ ދެކޮޅަށް ސަލްމާން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފިލްމުތަކަށް ފާޑުކިޔުމުގައި މަޝްހޫރުކަން ހޯދާފައިވާ ކަމާލް މިއަދު ކުރި ޓްވީޓެއްގައި ބުނީ، އޭނާއަކީ ފިލްމެއްގެ ޕްރޮޑިއުސަރަކު ނޫނީ އެކްޓަރަކު އެދިއްޖެނަމަ އެ ފިލްމެއް ރިވިއު ނުކުރާ މީހެއް ކަމަށެވެ. އެކަމަކު ސަލްމާން އެކަހަލަ އެންގުމެއް ނުވެސް އަންގާ ހުރެފައި އޭނާއާ ދެކޮޅަށް އަބުރުގެ ދަޢުވާ ކޯޓުގައި އުފުލާފައިވާ ކަމަށް ބުންޏެވެ. “އެހެންވީމަ އޭގެ މާނައަކީ އަހަރެންގެ ރިވިއު އިން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއޭ”.

ކަމާލް ބުނީ މީގެފަހުން ދުވަހަކުވެސް ސަލްމާންގެ ފިލްމެއް ރިވިއު ނުކުރާނެ ކަމަށެވެ. އަދި އޭނާގެ އެންމެފަހުގެ ވީޑިއޯ މިއަދު ރިލީޒްކުރާނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސަލްމާން އާއި “ރާދޭ” ގެ ޓީމުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަމާލް އާ ދެކޮޅަށް މީގެކުރިން ވެސް ވަނީ ކޯޓު ކޭސްތައް ހުށަހެޅިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!