ކޮވިޑް ޖެހިގެން މިއަދު ހަތަރު ވަަނަ މީހަކު ނިޔާވެއްޖެ

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހަތަރު ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.

މިއީ މި ބަލީގައި މިއަދު މަރުވި ހަތަރުވަނަ މީހާއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް މަރުވެފައިވަނީ 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖޭގެ 148 ވަނަ ކޮވިޑް މަރެވެ. އަދި މިއީ މި މަހުގެ 75 ވަނަ މަރެވެ.

މިއަދު މި ބަލީގައި އެންމެ ފުރަތަމަ މަރުވީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 91 އަހަރުގެ މީހެކެވެ. އެއީ މިއަދު ހެނދުނު 10:20 ގަ އެވެ. އެއަށްފަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 61 އަހަރުގެ ފިރިހެނަކު ވަނީ 2:35 ގައި މަރުވެފަ އެވެ. އަދި އޭގެފަހުން ވެސް މިރޭ އެ ފެސިލިޓީން 77 އަހަރުގެ ފިރިހެނަކު މަރުވެފައިވެ އެވެ. އެއީ މިރޭ 7:21 ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!