ހއ އަތޮޅުން ޅ އަތޮޅަށް ރީނދޫ އެލާޓު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމަޔަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ،( މެޓް އޮފީސް) އިންހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމަޔަށް ރީނދޫ އެލާޓް ނެރެފައިވަނީ މިރޭގެ 10 އަކުން ފެށިގެން މެންދަމު 2 އަކާއި ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިއެވެ.

އެގޮތުން އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!