އަރިއާނާ ގްރާންޑޭ ކައިވެނިކުރިކަން ކަށަވަރުކޮށްދީފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ، އޭނާގެ ލޯބިވެރިޔާ ޑެލްޓަން ގޮމޭޒް އާ ކައިވެނިކޮށްފައިވާ ކަމަށް ‘ޓީއެމްޒީ’ ނޫހުން މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓުކޮށްފައި ވަނިކޮށް، އަރިއާނާ އެ ޚަބަރު ޔަގީންކޮށްދީފިއެވެ.

27 އަހަރުގެ ލަވަކިޔުންތެރިޔާގެ މީސްމީޑިއާ އެކައުންޓުތަކުން ދާދި އިރުކޮޅެއް ކުރިން ވަނީ އެ ކައިވެނި ހަފްލާގެ ފޮޓޯތައް އާންމުކޮށްފައެވެ. އަދި ޑެލްޓަން އާ ކައިވެނިކުރި ތާރީޚު ކަމަށް ލިޔެފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.

‘ޓީއެމްޒީ’ އިން ކުރިން ރިޕޯޓުކުރިގޮތާ އެއްގޮތަށް، އަރިއާނާގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ ގޭގައެވެ. އަދި އެ ހަފްލާއަށް، ދެފަރާތުގެ އާއިލާ ފިޔަވައި އެހެން ބަޔަކު ހާޒިރުވެފައެއް ނުވެއެވެ.

އަރިއާނާގެ ކައިވެނީގެ ފޮޓޯތައް މިހާރު ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.

އަރިއާނާއާއި ޑެލްޓަން އެންގޭޖްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!