މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 10:00 ޖެހިއިރު ކަމަށެވެ. ހުވަފެނީ ގޯޅީގައިބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓްވެ ބޮޑު އަނިޔާއެއްވީ ސައިކަލްގެ ފަހަތުގައި އިންމީހާއަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ސައިކަލު ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ފިލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!