މިއަދު އިތުރު 1299 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ރައްޖެއިން 1299 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 890 މީހަކާއި އަތޮޅުތެރެއިން 334 މީހަކާއި ރިސޯޓުތަކުން 48 މީހަކާއި ސަފާރީތަކުން ދިހަ މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށްތަކުން 17 މީހުން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 24،867 މީހުންނެވެ. މިހާތަނަށް 34،621 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 285 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑްގައި ތިން މީހަކު މަރުވިއެވެ. މިހާތަނަށް 147 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!