ނާއިބު ރައީސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނާއިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނާއިބު ރައީސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު އެމަނިކުފާނު އެކަހެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅުވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ނާއިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ޕޮޒިޓިވްވެފައި މިވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވާފައި ވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!