ހިންނަވަރުގައި އޮތް ބަލި މީހަކު މާލެ ގެންނަން ސިފައިން އެހީތެރިވެއްޖެ

ސިފައިންގެ އެހީތެރިކަމާއެކު ޅ. ހިންނަވަރުގައި އޮތް ބަލި މީހަކު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ އަންހެނަކު، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޯސްޓްގާޑުގެ ސީ އެމްބިއުލާންސްގައި ދަަތުރުކުރަމުން ދާއިރު، މޫސުން ގޯސްވެ ކަނޑު ގަދަވުމާއެކު މާލެ ދެވޭނެކަމަށް ލަފާކުރެވެނީ މިރޭ 23:10 ކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!