މޭ މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފި

މޭ މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވައިފައެވެ.

މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓާއި ފެބް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއްދޭން ވަނީ ނިންމައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!