ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާކުރި އެހީތެރިޔާ ހައްޔަރުކޮށްފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި (އެޗްއެމްއެފް) އޮތް ބަލި މީހަކަށް އަނިޔާކުރި ބިދޭސީ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށާއި މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން، ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވެސް ދެންމެ ވަނީ، އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. 

އަދި ބަލި މީހާގެ އެހީތެރިޔާ މިހާރުވަނީ ބަލިމީހާ ކައިރިން ދުރު ކުރެވިފައި ކަމަށާއި އެކަން މިހާރު ވާނީ ބަލިމީހާގެ އާއިލާއަށް އަންގާފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެ ފެސިލިޓީގައި އޮތް ބަލި މީހަކަށް ބިދޭސީ އެހީތެރިޔަކު އިހާނެތިކޮށް ހިތާ ވީޑިއޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ބަލި މީހާގެ ގައިގައި ޖެހިތަން ވެސް ފެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!