ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް

ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މަބުރޫކް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖެއްސާފައި ހުރި މީހެއް ކަމަށެވެ. އެއީ ބިދޭސީ އެކެވެ.

މަބުރޫކް ވިދާޅުވީ އާއިލާއަށް އެކަން އަންގާފައިވާ ކަމަށާ އަދި އަނިޔާ ކުރި މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު ބަލި މީހާ ބަލަމުން ދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށް މަބުރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!