މިއަދުގެ ދެވަނަ މަރު، ޖުމްލަ 146އަށް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 02:35 ގައެވެ. މިއީ ކޯވިޑް ބަލީގައި މިއަދުގެ މިހާތަނަށް ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އައްޑޫސިޓީންވެސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީން ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިފިހެނެކެވެ. އޭނާ ނިޔާވީ، އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން ނިޔާވީ 2 ވަނަ މީހާއެވެ.

މިއަދުގެ މި ދެ މަރާއެކު، ކޯވިޑް ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ ޢަދަދު މިވަނީ 146 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 130 ދިވެހިންނާއި، 16 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!