އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަަކަށް ނިޔާޒު ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ކުރިން ވެސް އިސް މަގާމެއްގައި ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށް ދިނުމަށް އެ ކުންފުނިން އިން ހާއްސަ އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެހެންވެ ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަން ކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަޑައްތު ކޮށްފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރުމާ ގުޅިގެން އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، ނަޖީބް ހާން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ގުޅިފައިވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރު ނެޓްވޯކް ޕްލޭނިންގް އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!