ގެއަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ފިހާރަ އަކުން ވަޅިއެއް ވަގަށް ނަގައިގެން ގެއަކަށް ވަދެ އެ ގޭގައި ތިބި ބަޔަކަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ ބަޔަކަށް އިންޒާރު ދިނުމަށް ފަހު މާފަންނު ގެއަކަށް ވަޅިއެއް ހިފައިގެން ވަނތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ހެނދުނު 10:41 ހާއިރު ކަމަށެވެ.

އަދި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރިއިރު އެމީހާ ގެންގުޅުނު ވަޅި އަކީ އެ ސަރަހައްދުގެ ފިހާރަ އަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!